ޚަބަރު
ކުރީގެ 3 ރައީސުންގެ ބައްދަލުކުރައްވައިފި
ސިޔާސީ ގޮތުން ވަރަށް ބޮޑަށް އެމްޑީޕީއާ ޚިޔާލު ތަފާތު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މި ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތްކުރަން އެމްޑީޕީގެ ކުރީގެ ދެ ރައީސުންނާ އެކު މަޝްވަރާކުރައްވަން އެއް މޭޒަކަށް މިރޭ ވަޑައިގެންފި އެވެ.

ކުރީގެ ތިން ރައީސުންގެ ބައްދަލުވުން ފެށިގެން ކުރިއަށްދާއިރު، މި ބައްދަލުވުމަށްފަހު ތިން ރައީސުން ވެސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ސިޔާސީ ތިން ވާދަވެރިން މިގޮތަށް އެކުގައި މިފަދަ ބައްދަލުވުމެއް ބާއްވަވާ ފުރަތަމަ ފަހަރެވެ.

ކުރީގެ ތިން ރައީސުން މި ބައްދަލުކުރައްވަނީ، ރައީސް މުހައްމަދު މުއިއްޒުގެ 'ހުދުމުހުތާރު' ވެރިކަމުން ގައުމު ސަލާމަތްކުރުމަށް އެ ތިން ބޭފުޅުން އެކުގައި ނުކުންނަވަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައި، އެކަމަށް ތައްޔާރަށް ހުންނެވިކަން ޔާމީން ހާމަކުރެއްވުމާ އެކު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު