ޚަބަރު
ހައްޖުވެރިންގެ ތިންވަނަ ގުރޫޕު ފުރައިފި
ރާއްޖެއިން މި އަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ހައްޖުވެރިންގެ ތިންވަނަ ގުރޫޕު ފުރައިފި އެވެ.

ހައްޖުވެރިންގެ ތިންވަނަ ގުރޫޕު ފުރާފައި ވަނީ މިއަދު ހަވީރު ސައުދީއާގެ ފްލައިޓެއްގަ އެވެ. މި ފްލައިޓްގައި 243 ހައްޖުވެރިން ފުރާފައިވެ އެވެ. 

މިއަހަރު ދިވެހިރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ ބާކީ ތިބި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

މިއަހަރުވެސް ދިވެހި ހައްޖުވެރިން ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ނެވެ. މީގެ ސަބަބުން ޙައްޖުވެރިންގެ ދަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭކަން ފާހަގަކޮށްލެވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު