ޚަބަރު
ގެއްލުނު 4 ޑައިވަރުންގެ ހަށިގަނޑު ހޮހޮޅައިގެ ތެރެއިން ފެނިއްޖެ
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު މިއަދު ފެނިއްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު، ފުންމިނުގައި ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) ހުންނާނެ ކަމަށް ބެލެވޭ ކޭވްއަށް ޑައިވްކުރި އިޓަލީގެ ފަސް ޓޫރިސްޓުންގެ ތެރެއިން ގެއްލުނު ހަތަރު މީހުން ހޯދުމަށް އެމްއެންޑީއެފުން ވަނީ ހައި ރިސްކް ސާޗް އޮޕަރޭޝަނެއް ފަށައިފަ އެވެ.

ނަމަވެސް އެ އޮޕަރޭޝަނުގައި ޑައިވްކުރި، ސިފައިންގެ އޮފިސަރެއް ކަމަށްވާ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ހޮނިހިރު ދުވަހު ނިޔާވުމާ ގުޅިގެން އޮޕަރޭޝަން އޮތީ މެދުކަނޑާލައިފަ އެވެ.

އޮޕަރޭޝަން އަލުން ފެށީ އިޓަލީ ސަރުކާރުން ހަމަޖެއްސި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންނާ އެކު އެވެ. 

ސިފައިންނާއި ފުލުހުން އަދި ބޭރުގެ ތަޖުރިބާކާރުން ޑައިވަރުން ގުޅިގެން އެ މީހުން ހޯދުމަށް ހިންގަމުންދާ އޮޕަރޭޝަންގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފްއިން މިއަދު ބުނީ: 

  • މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ވަނީ ލޮކޭޓްކުރެވިފައި 

  • ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ހޮހަޅައިގެ ތެރެއިން

"ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފައި،" ސިފައިން ބުންޏެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު