
އެމްއެމްއޭ އިން މިކަން ހާމަކޮށްފައިވަނީ ފައިނޭންޝަލް އެކްސްޕޯއަށް ހާއްސަކޮށްފައިވާ މީސްމީޑިއާގެ މަންސަތަކުގަ އެވެ. މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 އިން 4 އަށް ސެންޓްރަލް ޕާކުގައެވެ.އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ހިދުމަތްދޭ ގިނަ ބަޔަކާ އެއްތަނަކުން ބައްދަލުވެ މައުލޫމާތު ލިބިގަނެވޭނެ މަގުފަހިކުރުމަށާއި މާލީ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.މި އަހަރުގެ އެކްސްޕޯގައި ވެސް މާލީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އާ ހިދުމަތްތަކާއި ޕްރޮގްރާމްތައް އިފްތިތާހުކުރާނެ އެވެ.އެމްއެމްއޭ އިން ކުރިން 2015 އާއި 2017 ވެސް ފައިނޭންޝަލް އެކްސްޕޯ ބާއްވާފައިވެ އެވެ.