ވިޔަފާރި
ރާއްޖޭގައި އިތުރު ބޭންކެއް ހިންގުމުގެ ހުއްދަ ދީފި
މަރުކަޒީ ބޭންކް، އެމްއެމްއޭއިން 'މޯލްޑިވްސް ޕްރިމިއާ ބޭންކް'ގެ ނަމުގައި ރާއްޖޭގައި އާ ބޭންކެއް ހުޅުވައި ހިދުމަތް ދިނުމުގެ ހުއްދަ މިއަދު ދީފި އެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ކޮމާޝަލް ބޭންކިންގެ ވިޔަފާރި ކުރުމުގެ ލައިސަންސާއި "އޮޕަރޭޝަނަލް އެޕްރޫވަލް" ދިނީ އެމްއެމްއޭ އިން ބުނި ގޮތުގައި މިއަދެވެ. 

އެ ބޭންކު ހިންގުމުގެ ލިޔުމާ ހަވާލުވެވަޑައިގަތީ މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑުގެ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހު އެވެ. 

މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރުގެ އިތުރުން އެމްއެމްއޭގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ބައިވެރިވި އެވެ. އަދި މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ޗެއާޕާސަން އާއި ބޯޑު މެންބަރުންގެ އިތުރުން ސީނިއާ މެނޭޖްމަންޓުން ވެސް ބައިވެރިވި އެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކަށް ދިން މި ހުއްދައާ އެކު ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކުތަކުގެ ޖުމްލަ އަދަދު ނުވަޔަކަށް އަރާނެ އެވެ. 

އެމްއެމްއޭއިން ބުނީ މިއީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށާއި ބޭންކިން ދާއިރާގެ ވާދަވެރިކަން ބޮޑުކުރަން އަދި މާލީ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރަން ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު