ވިޔަފާރި
10 ރުފިޔާގެ އާ ނޫޓުތަކެއް ބުދަ ދުވަހުން ފެށިގެން ދައުރުކުރަން ފަށަނީ
އަންނަ މަހުން ފެށިގެން 10ރ. އާ ނޫޓްގެ އާ ޗާޕެއް ދައުރު ކުރަން ނިންމައިފި އެވެ.

އެމްއެމްއޭއިން ވިދާޅުވީ، މިއަދު ގެނައި އައު ނޫޓުތައް އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން މިހާރު ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއެމްއޭއިން ބުނީ، 10 ރުފިޔާގެ ނޫޓަކީ ދަށް ޑިނޯމިނޭޝަންގެ ނޫޓަކަށްވާތީ ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް އާންމުކޮށް 10 ރުފިޔާގެ ނޫޓު ބޭނުންކުރާ މިންވަރު ގިނަ ކަމަށެވެ. މީގެ ސަބަބުން ނޫޓު ހަލާކުވާ މިންވަރު އިތުރު ކަމަށާއި، ފައިސާގެ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށް އާންމުކޮށް އެ ނޫޓު ބޭނުންނުކުރާތީ، 10 ރުފިޔާގެ ނޫޓަކީ ބޭންކުތަކުންވެސް ފައިސާ ޖަމާކުރުމުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުލިބޭ ނޫޓެއް ކަމަށް ވިދާޅުވިއެވެ.

"ރަންދިހަ ފަހެއް" ސީރީޒް ތައާރަފްވި ފަހުން 10 ރުފިޔާ ނޫޓް ޗާޕްކުރި މިއީ ތިންވަނަ ފަހަރެވެ. ފުރަތަމަ ޗާޕްކުރީ، 2015 ވަނަ އަހަރުގެ އޮކްޓޯބަރު 05 ގެ ތާރީހުގައި، އޭރު ހުންނެވި ގަވަރުނަރ އަޒީމާ އާދަމްގެ ސޮއާއެކު އެވެ. ދެވަނަ ފަހަރަށް ޗާޕްކޮށްފައިވަނީ، 2018 ވަނަ އަހަރުގެ މާރިޗު 10 ވަނަ ދުވަހު، ކުރީގެ ގަވަރުނަރ އަހުމަދު ނަސީރުގެ ސޮއާއެކުގަ އެވެ.

އެމްއެމްއޭ އިން ބުނީ 10ރ. ގެ ނޫޓްގެ އާ ޗާޕްގައިސޮއިކޮށްފައި ވަނީ މިހާރުގެ ގަވަރުނަރު އަޙްމަދު މުނައްވަރު ކަމަށެވެ. އަދި މި ނޫޓުގައި ހިމަނާފައިވާ ތާރީހަކީ ޖުލައި 31، 2025 އެވެ. އާ ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެ އެވެ. އެގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައި ވާނީ، ނޫޓުގެ މޫނުމަތީގެ ވައަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އެވެ.

އެމްއެމްއޭ އިން ޗާޕުކޮށްގެން ނެރޭ 10ރ. ރުފިޔާގެ ނޫޓާއެކު މިހާރު ބޭނުންކުރަމުން އަންނަ 10ރ. ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށެވެެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު