ޚަބަރު
މިދިޔަ އަހަރު އެމްއެމްއޭ އިން 1.1 ބިލިއަން ޑޮލަރު ވިއްކައިފި
ފޮރިން އެކްސްޗޭޖް އިންޓަވެންޝަންގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިމިދިޔަ 2025 ވަނަ އަހަރު 1.1 ބިލިއަން ޑޮލަރު ވިއްކައިފި އެވެ.

އެމްއެމްއޭއިން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 1.1 ބިލިއަން ޑޮލަރު ވިއްކިއިރު މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓް އިތުރުވުމެކެވެ.

މީގެ ތެރެއިން 650.9 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.

މި ފައިސާ މައިގަނޑު ގޮތެއްގައި ހޭދަކޮށްފައި ވަނީ ތެލާއި، ކާބޯތަކެތީގެ އަސާސީ ބާވަތްތަކާއި، ބޭހާއި ސިއްހީ އާލާތްތައް ރާއްޖެއަށް އެތެރެކުރުމަށާއި، ބޭރުގެ ދަރަނިތައް އަދާކުރުމުގެ އިތުރުން އެ ކުންފުނިތަކަށް ބޭނުންވާ އެހެނިހެން ބޭރު ފައިސާގެ ބޭނުންތަކަށެވެ. 

ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނެވުނު ބަދަލުތަކާއެކު މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ސިނާއަތުން ބޭންކްތަކަށް 670.8 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު