ޚަބަރު
ޕީއެންސީގެ ސްޕޯކްސްޕާސަންގެ މަގާމަށް ފިރްޒުލް
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަގާމަށް އުސްތާޒު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ހަމަޖައްސަވައިފިއެވެ.

ޕީއެންސީގެ ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަން ކުރެއްވި ފިރްޒުލް މިހާރުވެސް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޮ ޕްރެޒިޑެންޝަލް އެފެއާސްގެ މަގާމުގަ އެވެ.

ފިރްޒުލް ވަނީ މި ސަރުކާރުގެ އިންތިގާލީ މަރުހަލާގައި ތަރުޖަމާނުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

މިސްރުގެ އަޒުހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ފިރުޒުލް ވަނީ ދަ އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.
 

ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު