ޗެއާޕާސަން އިންތިހާބު ނުބާއްވައިފި ނަމަ މަސްލަހަތު މާ ގޯސްވާނެ: ނަޝީދު
ހުސެން ރަޝީދު
02 މެއި 2026 - 13:46
0 comments
ކުރީގެ ރައީސް ނަޝީދު - ފޮޓޯ: ސަން
އެމްޑީޕީގެ ގިނަ މެމްބަރުންގެ ތާއީދު އޮތް ފަޅި އެނގޭނީ ޕާޓީގެ ޗެެއާޕާސަން އިންތިހާބު އަވަހަށް ބާއްވައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ކެމްޕޭން ދަތުރުގެ ތެރެއިން މިއަދު ތ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން ތިމަރަފުށީގައި ވިދާޅުވީ އަންނަ މަހުގެ 12 ގައި ބާއްވަން ނިންމާފައި އޮތް ޗެއާޕާސަން އެ އިންތިހާބު އެ ތާރީހުގައި ނުބާއްވައިފި ނަމަ މައްސަލަ މާ ގޯސްވެ، މަސްލަހަތު ގެއްލި، މާ އުނދަގޫވާނެ ކަމަށެވެ."މި އިންތިހާބު ނުބާއްވައިފިއްޔާ މާ ގޯސްވާނެ. ހަމަ އަސްލަ އުނދަގޫ. މިހާރު މިސާލަކަށް އެއްބަޔަކު އެބަތިބި ރައީސް ސޯލިހަށް ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ބައެއް، އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި. އަނެއް ބަޔަކު އެބަތިބި އަޅުގަނޑާ ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ބައެއް، ހަމަ އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި،" ނަޝީދު ވިދާޅުވި އެވެ. އިންތިހާބު ފަސްކުރަން އެދިވަޑައިގަންނަވާ ސަބަބަކަށް ގަފޫރު ވިދާޅުވީ:- އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަަހަތު ގެއްލި ސަރުކާރު ޖަވާބުދާރީކުރުވަން ހުރަސްތަކެއް ކުރިމަތިވާނެތީ
- މި އަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައިނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބު ބާއްވަން އެއްވެސް ފައިސާއެއް ނެތުމުން
ކިޔުންތެރިންގެ ޝުއޫރު