އެމަނިކުފާނު އަބަދުވެސް ވާދަ ކުރައްވަނީ އިދިކޮޅު ޕާޓީއާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ބޮޑު ބަދަލު"ގެ ނަމުގައި އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖެއަށް މިވަގުތު ރާއްޖޭގައި އޮތް އެންމެ މުހިންމު މަގާމަކީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގަންނަވަން ކުރައްވާ މަސައްކަތްޕުޅުގައި ވާދަކުރައްވަނީ އެ ޕާޓީގެ ވެރިންނާ ނޫން ކަމަށާއި އެކަމުގައި އިތުރު ހިޔާލެއް ނުކުންނަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ނަޝީދު މިރޭ ވިދާޅުވި އެވެ.
"އަޅުގަނޑު އަބަދުވެސް ވާދަކުރަނީ އިދިކޮޅު ޕާޓީއާ، އަޅުގަނޑު ވާދަކުރަނީ އެމްޑީޕީގެ ވެރިންނަކާ ނޫން. އަޅުގަނޑަކަށް ނުވިސްނޭ މީގައި އިތުރު ހިޔާލެއް ނުކުންނަންވީ ސަބަބެއް. އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނުވިސްނޭ،" ނަޝީދު ވިދާޅުވި އެވެ.އެމްޑީޕީއަކީ ހަމަ އެކަނި އެ ޕާޓީގެ މެންބަރުންގެ ޕާޓީއަކަށް ވުމުގެ ބަދަލުގައި މުޅި ރާއްޖޭގެ ރައްޔިތުންގެ ޕާޓީއަކަށް ވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖެ ސަލާމަތްކުރާނެ ޕާޓީއަކީ އެމްޑީޕީގެ ގޮތުގައި ސިފަކުރައްވައި، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް އެމަނިކުފާނު ގޮވާލެއްވީ، ރާއްޖެއަށް ހެޔޮ އެދޭނަމަ، ޕީއެންސީ ދޫކޮށްލުމަށެވެ."ރައީސް [މުޢިއްޒު] ވިދާޅުވީ ތިބޭފުޅުން މަސައްކަތް ނުކުރެއްވިއްޔާ، ނޫން، ފަލްސަފާއެއް ނެތުނީ، ވިސްނުމެއް ނެތުނީ، ތަސައްވުރެއް ނެތުނީ، މަންޒަރެއް ނުކުރެހުނީ، އުންމީދެއް ނުދެވުނީ،"އެމްޑީޕީއަކީ އާންމުންނަށް ރަނގަޅު އުންމީދެއް ފޯރުކޮށްދީ، އަނެއްކާވެސް ރާއްޖެ "ބަދަލުކޮށްދޭނެ" ޕާޓީ ކަމަށް، ނަޝީދު ވިދާޅުވި އެވެ.އެމްޑީޕީގެ ޗެއާޕާސަން ހޮވަން އަންނަ ޖޫން 12 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ނަޝީދާ ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެވެ.