ޚަބަރު
މެންޓަލް ހެލްތު ޑިޕާޓްމަންޓަށް މުވައްޒަފުން ހޯދަނީ
މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއާގެ ދަށުން ހިންގާ މެންޓަލް ހެލްތު ޑިޕާޓުމެންޓަށް ސޯޝަލް ސާވިސް ވޯކަރުން ހޯދުމަށް އިއުލާނުކޮށްފި އެވެ.

އެގޮތުން ހެލްތު މިނިސްޓްރީން މިއަދު ވަނީ، އިޖުތިމާއީ އިސް ނުވަ ހިދުމަތްތެރިއަކު ހޯދަން އިއުލާނުކޮށްފަ އެވެ.

އަސާސީ މުސާރައިގެ ގޮތުގައި 12،261 ރުފިޔާ ދޭއިރު، އިނާޔަތުގެ ގޮތުގައި 5،721 ރުފިޔާ ލިބޭނެ ކަމަށް، އިއުލާނުގައި ވެއެވެ.

ޑިއުޓީ އުސޫލުން އަދާކުރަންޖެހޭ ގޮތަށް ހަމަޖައްސައިފައިވާ، މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ހުށަހެޅޭ ނަފުސާނީ މައްސަލަތަކުގެ ތެރެއިން ހެލްޕްލައިން މެދުވެރިކޮށް، އަދި ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެފަދަ ފަރާތްތައް ދިރިއުޅޭ ހާލަތު ވަޒަންކުރުމަށް ދިރިއުޅޭ ތަންތަނަށް ޒިޔާރަތްކުރުމުގެ މަސައްކަތް ރާވައި ހިންގުން ހިމެނެއެވެ.

އޭގެ އިތުރުން، ކަނޑައަޅައިފައިވާ އުސޫލުތަކުގެ ތެރެއިން، އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމާއި، ހެލްޕްލައިނަށް އަންނަ ކޯލުތަކަށް ފަރުވާތެރިކަމާއެކު ޖަވާބު ދިނުމާއި، އެ ކޯލުތައް ކުރާ ފަރާތްތަކުގެ މައުލޫމާތު ރައްކާކުރުން ހިމެނެއެވެ.

މި މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ 30ގެ ކުރިން މަގާމަށް ކުރިމަތިލާން އެދޭ ފޯމު ފުރިހަމަކޮށް، ތައުލީމީ ސެޓްފިކެޓުތަކާ އެކު ހުށަހަޅަން ޖެހެ އެވެ.

ހެލްތު މިނިސްޓްރީން ވަނީ ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓަށް ލީޑް ސޯޝަލް ސާވިސް ވޯކަރެއް ހޯދުމަށް ވެސް އިއުލާނުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު