ތުރާކުނު ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައިފި
ހުސެން ރަޝީދު
28 މާޗް 2026 - 16:25
0 comments
ތުރާކުނު ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވުން
ހއ. ތުރާކުނު ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައި ބޭނުން ކުރަން ފަށައިފި އެވެ.
ތުރާކުނު ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.ތުރާކުނު ސިއްހީ މަރުކަޒަކީ 8 ގަޑިއިރު ހިދުމަތްދޭ ތަނެކެވެ. މިތަނުގައި 6 އެނދުގެ ވޯޑެއް ހިމެނޭއިރު ލެބޯޓަރީގެ ހިދުމަތްވެސް ވަނީ ގާއިމުކޮށްފަ އެވެ. އަލަށް އިތުރުކުރެވުނު ބައިގައި އޮފީސްބަޔަކާއި ޕަބްލިކް ހެލްތު ރޫމްއަކާއި ސްޓޯރޫމަކާއި މީޓިން ރޫމެއް ވަނީ ގާއިމްކޮށްފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު