ޚަބަރު
ތުރާކުނު މިސްކިތް ނޮވެންބަރު މަހުގެ ނިޔަލަށް ނިންމުމުގެ އަމާޒެއް!
ތުރާކުނުގައި އަޅާ 300 މީހުންގެ ޖާގައިގެ މިސްކިތް
ހއ. ތުރާކުނުގައި އަޅާ މިސްކިތް އަންނަ ނޮވެންބަރު މަހަށް ނިންމަން ސަރުކާރުން އަމާޒު ހިފައިފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިސްކިތުގައި މިހާރު ކުރިއަށް ދަނީ، ރެކްޓިފިކޭޝަން މަސައްކަތްތައް ކަމަށެވެ. 

ތުރާކުނުގައި އަޅާ 300 މީހުންގެ ޖާގައިގެ މިސްކިތަކީ 10 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު