ތުރާކުނު ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް އަދި ލައިޓިން ސިސްޓަމް ގާއިމްކުރަނީ
ހއ. ބާރަށު ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތާއި، ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް އަދި ލައިޓިން ސިސްޓަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެކު ސޮއިކޮށްފި އެވެ.


މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހަޙްމަދު ޖަމްޝީދު އެވެ. މި ދެ މަސައްކަތް ނިމުމުން ކުޅިވަރު ކުޅުމުގައި ބޮޑު ލުއިފަސޭހަކަމެއް މި ދާއިރާތަކުގެ ރައްޔިތުންނަށް ލިބިގެންދާނެ އެވެ.

މި ދެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި ދެ ދާއިރާ ތަމްސީލު ކުރައްވާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގަތެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު