ޚަބަރު
ހއ. ތުރާކުނު މިސްކިތުގެ މަސައްކަތް ނިމުމަކާ ގާތަށް
ތުރާކުނު މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ
ހއ. ތުރާކުނުގައި އަޅާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ހާމަކުރި ގޮތުގައި މި މަސައްކަތުގެ 88 އިންސައްތަ މިހާރުވަނީ ނިމިފަ އެވެ. މި މިސްކިތުގެ އެތެރެއާއި ބޭރު ފަރުމާކޮށްފައިވަނީ އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭނެހެން ފަހުގެ ޒަމާނީ ސިފަތަކާއެކު އެވެ. 

މި މިސްކިތުގެ މަސައްކަތް ނިމުމުން ތުރާކުނުގެ ރައްޔިތުންނަށް ނަމާދުކުރުމަށް ޒަމާނީ އަދި ޖާގަ ތަނަވަސް މާހައުލެއް ލިބިގެންދާނެ އެވެ. އެމްޓީސީސީން އަންނަނީ މަޝްރޫއުގެ ބާކީ ހުރި މަސައްކަތްތައް ނިންމުމަށް ބާރުދުވެލީގައި މަސައްކަތް ކުރަމުންނެވެ. 

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފަ އެވެ. 

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގަ އެވެ. 

ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު