ވިޔަފާރި
އެމްޓީސީސީގެ ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 56 ބައިވެރިންނާއެކު ފަށައިފި
އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" މިއަދު ފަށައިފި އެވެ.

އެމްއެންޔޫ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޓީސީސީން ވިދާޅުވި ގޮތުގައި މި އަހަރުގެ ޕްރޮގްރާމްގައި އެކިއެކި ދާއިރާތަކުން ތަމްރީން ކުރުމަށް 56 ބައިވެރިން ހޮވިފައިވެ އެވެ.

ހުނަވަރު ޕްރޮގްރާމަކީ ޒުވާނުން ބާރުވެރި ކުރުވައި މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްގީ ކުރުމުގެ މަގްސަދުގައި އެމްޓީސީސީން ކުރިއަށް ގެންދާ ހާއްސަ ތަމްރީން ޕްރޮގްރާމެކެވެ. މިއީ ތައުލީމީ އަދި އަމަލީ ތަޖުރިބާގެ އިތުރުން ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ މާހައުލުގައި ހުނަރު ދަސްކޮށް ދިނުމަށް އެކުލަވާލާފައިވާ ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ. މި އަހަރުގެ ޕްރޮގްރާމްގެ ދަށުން 14 ދާއިރާއަކުން ފުރުސަތު ހުޅުވާލާފައިވެ އެވެ.

މިއީ މި ޕްރޮގްރާމް ފެށުނު ފަހުން އެންމެ ގިނަ ދާއިރާތަކުން ފުރުސަތު ފަހިކޮށްދެވޭ ފަހަރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު