ޚަބަރު
އަމީނީމަގުގެ 2 ވަނަ ސެގްމަންޓުގައި ތާރު އަޅައި ނިންމާލައިފި
މާލޭގެ އަމީނީމަގުގައި މަރާމާތު ކުރަމުންދާ ބައިގެ ދެވަނަ ސެގްމެންޓުގައި ތާރު އަޅާ ނިންމާލާފައިވާ ކަމަށް އެ މަސައްކަތްކުރަމުން އަންނަ އެމްޓީސީސީން މިރޭ ބުނެފި އެވެ. 

ތާރުއަޅައިގެން ތަރައްޤީކޮށްފައި އޮތް އަމީނީ މަގުގެ ތާރުފަށަލަ ހަލާކުވުމާއި ގުޅިގެން އެ ސަރަހައްދު މަރާމާތުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެތެރޭގަ އެވެ. މަގުގެ މަސައްކަތް އެކި ސެގްމަންޓްތަކަށް ބަހާލައިގެން ކުރަމުންދާއިރު ސެގްމަންޓް 1 ގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުކައިރީ އޮންނަ ޕާކާ ހަމައަށް ތާރުއެޅުމުގެ މަސައްކަތެވެ. އެ މަސައްކަތް އެއްކޮށް މިހާރު ވަނީ ނިންމާލާފަ އެވެ.

އެ މަގުގެ އެކި ހިސާބުތަކުގައި ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެގެން މިދިޔަ އަހަރު ވެސް ބައެއް ހިސާބުތައް މަރާމާތުކުރަން ޖެހުނެވެ. މަގު ޒަމާނީ ފެންވަރަށް އަލުން ހެދުމުގެ މަސައްކަތް ފެށީ އެކި ހިސާބުތަކުން ތާރުގަނޑު މައްޗަށް އުފުލިފައި އޮތުމުން، ދުއްވާ މީހުންނަށް އޭގެ ނުރައްކާ ކުރިމަތިވެފައިވާތާ ދުވަސްތަކެއް ވެފައިވަނިކޮށެވެ.

އެމްޓީސީސީން ބުނީ އެތަނުގެ މަރާމާތުގެ މަސައްކަތް ނިމުމާ އެކު ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު