ޚަބަރު
ލޯންޗުތަކަށް އަރައިފޭބުން ފަސޭހަކުރަން އުތުރު ބަނދަރުގައި ފިންގަ ޖެޓީއެއް ހަދަން ފަށައިފި
މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގާ ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 25 މީޓަރު ފުޅާ ތިން ޖެޓީ އާއި 15 މީޓަރު ދިގު، ހަ މީޓަރު ފުޅާ ތިން ޖެޓީ ހަދާނެ ކަމަށެވެ. އެއީ 18.98 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. 

މަސައްކަތް ނިމުމުން ބަނދަރުމަތީގެ ތޮއްޖެހުން ކުޑަވާނެ ކަމަށާއި ބޭރުގައި އޮންނަ ލޯންޗުތަކަށް އެރުމަށް މިހާރު އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން ދިއުމަށް އުފުލަންޖެހޭ ބުރައަށް ވެސް ނިމުމެއް އަންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން މިއީ ކުޑަކުދިންނާއި އިސްރަށްވެހިންނާއި ލަގެޖު ހިފައިގެން ދަތުރު ކުރާ ފަރާތްތަކަށްވެސް ބޮޑު ލުއިފަސޭހައަކަށް ވާނެ ކަމެއްކަން އެމްޓީސީސީން ފާހަގަކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު