އަމީނީމަގު މަރާމާތުކުރި ސަރަހައްދު ހުޅުވާލައިފި
މާލޭ އަމީނީމަގު މަރާމާތުކުރި ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލައިފި އެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރެއިން، ފުރަތަމަ ސެގްމަންޓަކީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައެވެ. އަދި ދެވަނަ ސެގްމަންޓަކީ ދިވެހިރާއްޖޭގެ އަޑު ކުރިމަތީ އޮންނަ ހަތަރުއަނގޮޅި ކަންމަތީގައި ތާރުއެޅުމެވެ.

މި މަޝްރޫއުގެ ސެގްމަންޓް 1 ގެ ދަށުން ކުރި މަސައްކަތްތަކުގެ ތެރޭގައި ކުރިން އަޅާފައިވާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އަދި ތާރު ނެގުމަށްފަހު، 2,794.062 އަކަމީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އޭބީސީ އަދި ތާރުއެޅުމުގެ މަސައްކަތް ހިމެނެ އެވެ.

މީގެ އިތުރުން މި ސެގްމަންޓްގެ ދަށުން މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ވެސް ވަނީ ނިންމާފަ އެވެ.

ސެގްމަންޓް 2 ގެ ދަށުން ކުރި މަސައްކަތްތަކުގެ ތެރޭގައި 133.64 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އެ ސަރަޙައްދުގައި އޭބީސީ އެޅުމާއި ތާރުއެޅުމުގެ މަސައްކަތް ހިމެނެ އެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި ދެން ފަށާނީ ސެގްމަންޓް 3 ގެ މަސައްކަތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު