ޚަބަރު
އިހުމާލުން ކުއްޖަކު މަރުވިކަމުގެ ތުހުމަތުކުރެވޭ މައްސަލަ ބަލަނީ
ކާންދޭ ހޮޅި ލައްވާފައިވާ ތަން އިންފެކްޓުވެފައި.
އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކު އިއްޔެ މަރުވީ އެންސްޕާ އިން ފީޑިން ޓިއުބެއް ނުލިބި އަށް މަހެއްހާ ދުވަސް ހޭދަވެގެން ކަމަށް އާއިލާ އިން ބުނާ މައްސަލަ ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކުން ބަލަން ފަށައިފި އެވެ. 

އަޒާންގެ މަންމަ އާމިނަތު ޔަޝްފާ މާޗު 16، ގައި ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި އޭނާގެ ދަރިފުޅަށް ބޭނުންވާ ހޮޅިކޮޅު ހޯދުމަށް އެސްޓީއޯގައި އެދުނުތާ އަށް މަސް ވެގެންދިޔައިރުވެސް ހަބަރެއް ނުވާ ކަމަށް ބުނެ ކަންބޮޑުވުންތައް ހާމަކޮށްފައިވެ އެވެ.

"ދަރިފުޅަށް ކާން ދެނީ ޕެގް ޓިއުބަކުން. މިދިޔަ އަހަރު ދެ ޕެގް ޓިއުބް ހޯދަން އެސްޓީއޯއިން އޯޑަރުކުރިން. އަދިވެސް ނުލިބޭ. މިހާރު އަށް މަސްވީ. އެސްޓީއޯއަށް ގުޅައި، ހުޅުމާލޭގެ އެސްޓީއޯ ފާމަސީއަށް އެތައް ފަހަރެއްގެ މަތިން ދެވިއްޖެ. މިހާރު ޕެގް ޓިއުބް ކޮންމެހެންވެސް ބަދަލުކުރަން އެބަ ޖެހޭ. އަހަރެން މިހުރީ ގޮތް ހުސްވެފައި. އެއްވެސް ފާމަސީއަކުން ނުލިބޭ،" ޔަޝްފާ މާޗު 16، ގައި ބުންޏެވެ.

ޔަޝްފާގެ ކަންބޮޑުވުންތައް ސޯޝަަލް މީޑިއާއަށް ތިލަކުރިތާ ނުވަ ދުވަސް ފަހުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރި އާންމު މީހަކަށް ފޮނުވި މެސެޖެއްގައި ބުނީ އަޒާންގެ ހާލު މިހާރު ވަރަށް ދެރަ ކަމަށާއި ހޮޅިކޮޅު ސަރުކާރުން ދިން ނަމަވެސް ބޭނުން ނުކުރެވުނު ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ ކުއްޖަކު މަރުވި މައްސަލަ އެ މިނިސްޓްރީ އާއި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.  

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ އެންސްޕާ އާއި އެސްޓީއޯގެ ހިންގުން ހަރުދަނާކޮށް، އިހުމާލުވި ކަމަށް ތުހުމަތު ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު