
އެ މަގާމުން ޔަޒްމީދު އިސްތިއުފާ ދެއްވިކަން "ހޯރަ" އަށް ވަނީ ކަށަވަރުކުރެވިފަ އެވެ. ނަމަވެސް އަދި ސަބަބެއް ސާފުވާ ގޮތެއް ނުވެ އެވެ. ޔަޒްމީދަކީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ކޮމިޝަންގައި އިންނަވާ މެންބަރެވެ. ޔަޒްމީދު، އެ މަގާމަށް އިންތިހާބުކުރީ އޮކްޓޫބަރު 23، 2025 ގައެވެ.ޔަޒްމީދަކީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މިދިޔަ މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.އެކަމަކު އޭނާއަކީ، ޝަރުއީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ.