ޖޭއެސްސީ މިނިވަން ނުކޮށް ފަނޑިޔާރުގެ މިނިވަނެއް ނުކުރެވޭނެ: އަލީ ހުސެއިން
ޔޫނުސް އިބްރާހިމް
11 މެއި 2026 - 13:02
0 comments
އަލީ ހުސެއިން ސުޕްރީމްކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި ވާހަކަ ދައްކަވަނީ
ޖޭއެސްސީ މިނިވަން ނުކޮށް ފަނޑިޔާރުގެ މިނިވަނެއް ނުކުރެވޭނެ ކަމަށް ގާނޫނީ ވަކީލު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
އަލީ މިހެން ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް "އަދަދު" ނޫހުން ނެރުނު ޑޮކިއުމަންޓަރީ ދައުރުނުކުރުމަށާއި އެކަމާ ގުޅޭ ވާހަކަތައް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުފައިވާ ވަގުތެއްގައި އެވެ.ކްރިމިނަލް ކޯޓުން ގެގް އޯޑަރު ނެރުނީ، ރައީސް މުއިއްޒު ގަޒުފުކުރި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާކޮށް، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެންނެވެ.ކްރިމިނަލް ކޯޓުން އަމުރުކުރަނީ:- މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން
- ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ނުދެއްކުމަށް
- ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ނުދައްކަން
- މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
އަލީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަޔަކާއި ގުޅިގެން ހަމަ ރައީސް މުއިއްޒުގެ ކޮންޓްރޯލުގެ ދަށުގައި އޮތް ކޯޓަކުން ކޮންމެފަދަ އަމުރެއްވެސް ނެރެފާނެ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ. "ޖޭއެސްސީ މިނިވަން ނުކޮށް ފަނޑިޔާރުގެ މިނިވަނެއް ނުކުރެވޭނެ." ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު، އަލީ ހުސެއިން ވިދާޅުވި އެވެ.ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ މިދިޔަ އެމްޑީޕީ ސަރުކާރުގެ އިތުރުން މި ސަރުކާރުގެ ވެސް ރިޔާސީ ވައުދެކެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެކަމުގެ މަޝްވަރާތައް 2022 ވަނަ އަހަރު ތެރޭ ފެށި ނަމަވެސް ދައުރު ހަމަވިއިރު ވެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށްފައެއް ނުވެ އެވެ. އެކަމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުނި ނަމަވެސް، މި ސަރުކާރުގައި ވެސް މިހާތަނަށް އޭގެ ނަތީޖާއެއް ނުފެނެ އެވެ. ޖޭއެސްސީގެ ކޮންޓްރޯލް މިވަގުތު އޮތީ ސަރުކާރުގަ އެވެ.ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ނިމިދިޔަ ސަރުކާރުގައި މަޝްވަރާތައް ފެށިއިރު، އެ ކޮމިޝަނަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާ އެކު މަޝްވަރާކޮށް ހިޔާލު ހޯދާފައިވެ އެވެ.އެ މަޝްވަރާތަކާ އެކު ބަންޑާރަނައިބުގެ އޮފީހުން އެކުލަވާލައި އޭރު އާންމުކުރި ކަރުދާހުގައިވާ ގޮތުން، އެ ކޮމިޝަނުގައި ސިޔާސީ މެމްބަރުން ތިބެން ގިނަ ބަޔަކު ބޭނުމެއް ނުވެ އެވެ. ހާއްސަކޮށް މަޖިލިސް ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކޮމިޝަނުގައި ތިބެން ބޭނުން ނުވާކަން ފާހަގަ ކޮށްފައިވެ އެވެ. އެ ކަރުދާހުގައިވާ ގޮތުން، ގިނަ ބަޔަކު ބޭނުންވަނީ ފަނޑިޔާރުންނާއި ފަންނީ މީހުން ހިމަނައިގެން ކޮމިޝަން އެކުލަވާލުމަށެވެ.ގާނޫނުއަސާސީގައިވާ ގޮތުން، ޖޭއެސްސީ އެކުލެވިގެން ވަނީ 10 މެންބަރުންގެ މައްޗަށެވެ. އެ ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންނަކީ: 1- ރައްޔިތުންގެ މަޖިލީހުގެ ރައީސް - އަބްދުއްރަހީމް އަބްދުﷲ2- ސުޕްރީމް ކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން - ހުސައިން ޝަހީދު3- ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުގެ ތެރެއިން - ހަސަން ޝަފީއު4- ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން - ފަރުހާދު ރަޝީދު5- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު - މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކް (ކޮމިޝަންގެ ރައީސް)6- ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް - މުހައްމަދު މުޖުތާޒު ފަހުމީ7- ރައީސް އައްޔަން ކުރައްވާ މެންބަރު - މުހައްމަދު ޔަޒުމީދުު8- ބަންޑާރަނައިބު - އަހްމަދު އުޝާމް9- ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރު - އަލީ އަބްދުއްލަތީފް10- އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު - އިދުރީސް ފައުޒީ
ކިޔުންތެރިންގެ ޝުއޫރު