ޚަބަރު
ޖޭއެސްސީގައި ރައީސް ތަމްސީލްކުރައްވާ މެންބަރަކަށް ނަސީރު އައްޔަންކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް، ދަފްތަރު ނަންބަރު ރސ 535، އަލީ ނަސީރު ގާސިމް މިއަދު އައްޔަން ކުރައްވައިފި އެވެ.

ޖޭއެސްސީގައި ރައީސް މުއިއްޒު ތަމްސީލްކުރައްވާ މެންބަރު ކަމުގެ މަގާމު ހުސްވަނީ ކުރިން އެ މަގާމުގައި ހުންނެވި ޔަޒުމީދު މުހައްމަދު ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.

މިއަދު ހެނދުނު، ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ނަސީރު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައެވެ. ނަސީރަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ، ޖޭއެސްސީ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ނަސީރު ގާސިމާއި ހަވާލުކޮށްދެއްވާފަ އެވެ.

އަލީ ނަސީރު މީގެ ކުރިން މަސައްކަތްކުރެއްވީ ފުލުހުންގެ އިންޓެލްގަ އެވެ. މި މަގާމަށް އައްޔަންކުރުމުގެ ކުރިން ހުންނެވި ޕޮލިސް ބޯޑުގެ މެންބަރުކަމުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު