
ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.ޖޭއެސްސީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ، އެ ކޮމިޝަނުން ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ފަނޑިޔާރު ޝަހީދު އައްޔަންކޮށްފައިވާކަން ފާހަގަކޮށް މަރުހަބާ ކިޔައިފަ އެވެ.ސުޕްރީމް ކޯޓަށް ފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ 19ވަނަ ދުވަހެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ފެބްރުއަރީ މަހުގެ 26އިން ފެށިގެން ސަސްޕެންޝަންގައި ހުންނަވަނިކޮށް މާޗް މަހުގެ ހަތަރު ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.ފަނޑިޔާރު ޝަހީދަކީ، ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޖޭއެސްސީއަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހެވެ.ޖުޑީޝަލް ސާވިސް ކޮމިޝަންއަކީ 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އެ ކޮމިޝަނުގެ ރައީސަކީ އަލްއުސްތާޒް ހުސްނީ މުބާރިކްއެވެ.