ޚަބަރު
ޖޭއެސްސީން ބޭނުންވެއްޖެ ނަމަ އިސްފަނޑިޔާރުން މަގާމުން ވަކިކުރެވޭ ގޮތް ހަދައިފި
ޖޭއެސްސީގެ ރައީސް ހުސްނީމުބާރަކު
ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއަށް ރާއްޖޭގެ ކޯޓުތަކުގެ އިސް ފަނޑިޔާރުން ވަކިކުރެވޭގޮތް ހަދައި ޤަވާއިދު އާންމުކޮށްފި އެވެ.

އެ ކޮމިޝަނުން އިއްޔެ ވަނީ ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ގެޒެޓްކޮށްފަ އެވެ. 

އެ ގަވާއިދުގައިވާ ގޮތުން، ކޯޓުތަކަށް އައްޔަންކުރާ އިސް ފަނޑިޔާރުން ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ މަގާމުން ދުރުކުރަންޖެހޭ ކަމަށް ޖޭއެސްސީއަށް ފެނިއްޖެ ނަމަ އެ މަގާމުން އެ ފަނޑިޔާރަކު ދުރުކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ. 

މިހާރު އަމަލުކުރާ އުސޫލުގައި އިސް ފަނޑިޔާރުން ދުރުކުރެވޭނެ ގޮތެއް ނޯވެ އެވެ. މިހާތަނަށް އިސް ފަނޑިޔާރަކު މަގާމުން ވަކިވަނީ އެ ފަނޑިޔާރަކު އަމިއްލަ އަށް އެ މަގާމުން އިސްތިއުފާ ދެއްވުމުން ނޫން ނަމަ އެ ފަނޑިޔާރަކު، ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި ނަމަ އެވެ. 

އިސް ފަނޑިޔާރުންގެ ގޮތުގައި ހިމެނޭނީ ރާއްޖޭގެ ހައި ކޯޓަށް އައްޔަން ކުރާ އިސް ފަނޑިޔާރުންނާއި ސުޕީރިއާ ކޯޓުތަކުގެ އިސް ގާޟީންނާއި ޖުޑީޝަލް ދާއިރާތަކަށް އައްޔަން ކުރާ އިސް މެޖިސްޓްރޭޓުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު