ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާންއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައާ ގުޅިގެން ދެ މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމައިފި އެވެ.
ޖޭއެސްސީން ބުނި ގޮތުގައި މިއަދުން ފެށިގެން ވަގުތީގޮތުން 60 ދުވަހަށް މަގާމުގެ މަސައްކަތްތަކުން އޭނާ ދުރުކުރަން ނިންމީ ކޮމިޝަނުގެ މިއަދުގެ ޖަލްސާގަ އެވެ.
ގާޒީ އިހުސާން ސަސްޕެންޑްކުރިއިރު ލެގޫންސް ސްޕޯޓްސް ކްލަބާ ދެކޮޅަށް ހުށަހަޅާ މައްސަލަތަކުގައި ސިވިލް ކޯޓުން އަމަލުކުރާ ގޮތާ ގުޅޭ ގޮތުން އެ ކްލަބުގެ ގިނަ އަދަދެއްގެ މެމްބަރުން ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކޮށް، ޖޭއެސްސީއަށް ސިޓީއެއް ފޮނުވާފައިވެ އެވެ.