ޚަބަރު
ސިވިލް ކޯޓުގެ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން ގާޒީ ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތުހުމަތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިހުސާން ސަސްޕެންޑްކުރީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތަކަށެވެ. 

އިހުސާން މަގާމުން އިސްތިއުފާ ދެއްވީ އޭނާ ގާޒީކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ދާދިފަހުން ނިންމާފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު