ހައި ކޯޓުގެ ފަނޑިޔާރުކަމަށް މިދިޔަ ސެޕްޓެމްބަރު މަހު އައްޔަންކުރެއްވި އިބްރާހިމް މާހިރު ރިޓަޔާކުރައްވަން ނިންމަވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވަން މާހިރު ހުށަހެޅުއްވި ހުށަހެޅުއްވުން, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ގަބޫލުކޮށް، އޭނާއަށް ރިޓަޔަމަންޓް ދޭން ނިންމައިފައެވެ. އެއާއެކު، އަންނަ މަހުގެ ތެރޭގައި މާހިރު ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވާނެއެވެ.މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި މާހިރު، ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވަން ނިންމެވި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.ޝަރުއީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ މާހިރު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ސިވިލް ކޯޓުގަ އެވެ. ނަމަވެސް، އޭގެ ފަސް އަހަރު ފަހުން، 2010 ފެމިލީ ކޯޓަށް ބަދަލުވެ، ހައި ކޯޓަށް އައްޔަންކުރެއްވުމާ ހަމައަށް މާހިރު ހުންނެވި ހުންނެވީ އެ ކޯޓުގަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަތީ ފެމިލީ ކޯޓުގައި 2022 ވަނަ އަހަރުން ފެށިގެން އެ ކޯޓުގެ އިސް ގާޒީކަމުގެ މަގާމުގައި ހުންނެވުމަށް ފަހުގަ އެވެ.