ގޮއިދޫ ފަޅުގައި ރިސޯޓް ހެދުމުގެ އެއްބަސްވުމުގައި މިމަހު ސޮއިކުރާނެ: ރައީސް
އަލީ އާމިރު
12 އޯގަސްޓް 2025 - 17:51
0 comments
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮއިދޫއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަނީ
ބ. ގޮއިދޫ ފަޅު ތެރޭގައި ރިސޯޓު ހެދުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ބަޔަކާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅުގެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގޮއިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.ރިޔާސީ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެގޮތުން ބައެއް ކަންކަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމަށް މިމަހު ސޮއިކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ."އެކަން އަޅުގަނޑުމެން އިއުލާންކޮށް ބަޔަކު ހޯދައި ބިޑް އެވޯޑުކޮށްފައި ވާނީ. މި މަސް ތެރޭގައި އެ މަސައްކަތުގައި ސޮއި ކުރެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ޝުއޫރު