ޚަބަރު
ޑީބީއެމްގެ މަސައްކަތް ނުފެށި އުޅެނިކޮށް ޗެއާޕާސަން ވެސް އިސްތިއުފާ ދެއްވައިފި
މި ސަރުކާރުން އުފައްދައި ވާނުވާގައި އޮތް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވިކަން ޕީސީބީން މިއަދު ޔަގީންކޮށްދިން ނަމަވެސް އިސްތިއުފާ ދިން ސަބަބެއް ނުބުނެ އެވެ.

އަރޫނީއަކީ ފައިނޭންޝަލް ސާވިސްގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ހާވާޑް ލޯ ސްކޫލުން މާސްޓާ އޮފް ލޯ ހާސިލްކުރައްވައިފަ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ބޭނުންވާ ބޮޑެތި މަޝްރޫއުތަކަށް ފަންޑު ކުރުމަށްޓަކައި މި ބޭންކު ހުޅުވީ ނޮވެމްބަރު 16، 2024 ގައެވެ. ނަމަވެސް ބޭންކު އުފެއްދިތާ ދެ އަހަރުވާން ކައިރިވެފައި ވާއިރު ލޯނެއް ދޫކުރަން ނުފަށަ އެވެ. 

ޑީބީއެމްގެ ޗެއާޕާސަން އިސްތިއުފާ ދެއްވިއިރު، އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވެސް ވަނީ މިދިޔަ އަހަރުގެ މާޗު މަހު އިސްތިއުފާ ދެއްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު