
ހެރިޓޭޖް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މިނިސްޓްރީގެ އިތުރުން އެ މިނިސްޓްރީގެ ދަށުގައިވާ ހަތް އިދާރާއެއްގެ އިތުރުން މިނިސްޓްރީގެ މަަސައްކަތްތަކާއި ޕްރޮޖެކްޓްތައް ހިންގާ ފަރާތްތަކުގެ ޕީއާރު ވެސް ހިންގައިދޭން ޖެހެ އެވެ.މީގެ އިތުރުން، މިނިސްޓްރީއާއި އެ އިދާރާތަކުގެ ދަށުން ހިންގާ ހުރިހާ ޑިޕާޓްމެންޓުތަކާއި ޑިވިޝަންތަކާއި ޕްރޮގްރާމްތަކާއި އިވެންޓުތަކާއި ކެމްޕޭނުތަކާއި ކޮމިޓީތަކަށް ވެސް ޕީއާރު މަސައްކަތް ކޮށްދޭން ޖެހޭކަން އިއުލާނުގައިވެ އެވެ.އެހެންކަމުން އެ ކަންކަމަށް ޝައުގެވެރިވާ ފަރާތްތަކުން މިމަހުގެ 14ވާ އަންގާރަ ދުވަހުގެ މެންދުރު 11:30ގެ ކުރިން މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ އީމެއިލް ނުވަތަ 7660603 ނަމްބަރަށް ގުޅައި އެކަން ސާފުކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.