
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ މި ވަގުތު ގައްޒާގެ ހާލަތާއި ގުޅޭ ގޮތުންނެވެ. މީގެ އިތުރުން ދިވެހިންގެ މެދުގައި ފަލަސްތީނާ މެދު އޮތް ލޯބި ފެނި މި ހިތްދަތި ދަނޑިވަޅުގައި ދިވެހި ރައްޔިތުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ވެދެއްވާ އޯގަތެރިކަމާއި ބަހައްޓަވާ ގާތްކަން ސަފީރު ފާހަގަ ކުރެއްވިއެވެ. އަދި މިކަން މިގޮތަށް ދަމަހައްޓަވައި ދެއްވުމަށާއި އަޑު އުފުލުން މަތީ ދެމި ތިއްބެވުމަށް އެމަނިކުފާނު ވަނީ ދިވެހިންގެ ކިބައިން އެދިވަޑައިގެންފައެވެ.މި ބައްދަލުވުމުގައި، ވަޒީރު އާދަމް ނަސީރު އިބްރާޙީމް ވަނީ ފަލަސްތީނުގެ ހާލަތަކީ ދިވެހި އެންމެ ހަގު އުމުރުފުރާއިން ފެށިގެން އެންމެ ދޮށީ އުމުރުފުރާއަށްވެސް، އެ ޝުއޫރެއްގެ ގޮތުގައި އޮތް މައްސަލައެއް ކަމަށް ވިދާޅުވިއެވެ.ޔަހޫދީ އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ގާޒާއަށް އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ މިހާރު ވަނީ 11,300 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,800 އަށްވުރެ ގިނަ އަދަދަކަށް ކުޑަކުދިން ހިމެނެއެވެ. އަދި، ޒަހަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 29,990 އަށް އުފުލިފަ އެވެ. "އެނގިހުރެ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ޔަހޫދީ އިޒްރޭލުން ގާޒާއަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ހުރަސްއަޅަމުން ގެންދާ ކޮންމެ ގަޑިއިރަކަށް ގާޒާގެ ރައްޔިތުން ކަރުހިއްކައިގަނެގެންނާއި ބަލިމަޑުކަމާ ހުރެ މަރުވުމުގެ ބިރު ބޮޑުވެގެންދޭ،" ސާފު ބޯފެނާއި ނަރުދަމާއާ ބެހޭ އދ. ގެ ހާއްސަ ސަފީރު ޕެޑްރޯ އަރޯހޯ-އަގޫޑޯ މިއަދު ނެރެއްވި ބަޔާނެއްގައި ވިދާޅުވި އެވެ.