ދުނިޔެ
އެބޯލާގެ ނުރައްކާ ބޮޑުވެ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި ފެތުރެމުންދާ އެބޯލާ ރޯގާގައި 80 އަށްވުރެ ގިނަ މީހުން މަރުވެ ނުރައްކާ ބޮޑުވާން ފެށުމާ އެކު މިއީ ބައިނަލްއަގުވާމީ ސިއްހީ ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު ކަނޑައަޅައިފި އެވެ. 

ޑަބްލިއުއެޗްއޯ އިން ބުނީ ބުންޑިބުގިއޯ ވައިރަސްގެ ސަބަބުން ފެތުރެމުންދާ ބަލިމަޑުކަމަކީ ސިއްޙީ ކުއްލި ހާލަތުގެ މިންގަނޑުތަކަށް ނުފެތޭ ބަލިމަޑުކަމެއް ނަމަވެސް ޑީއާރުސީއާ ބޯޑަރުތައް ހިއްސާކުރާ ގައުމުތަކަށް އިތުރަށް ފެތުރުމުގެ ނުރައްކާ ބޮޑު ކަމަށް ބުނެފަ އެވެ.

އދ ގެ ހެލްތު އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ޑީއާރުސީގެ އިޓޫރީ ޕްރޮވިންސްގެ ތިން ސިއްހީ ޒޯނެއްގައި އެ ބަލި ޖެހިގެން 80 މީހަކު މަރުވެފައިވާ ކަމަށް ބެލެވޭއިރު، ލެބޯޓްރީން ކަށަވަރުވެފައިވާ އަށް ކޭސް އަދި 246 ޝައްކު ކުރެވޭ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ޑީއާރްސީގެ ސިއްޙަތާބެހޭ ވުޒާާރާއިން ⁠ހުކުރު ދުވަހު ބުނެފައިވާ ގޮތުގައި އެބޯލާ ޖެހިގެން 80 މީީހުން މަރުވެފައި ވަނީ އިރުމަތީ ޕްރޮވިންސުންނެވެ.

ވާލުގެ ޒަރީއާއިން އިންސާނުންގެ ގަޔަށް އަރާފައިވާ ކަމަށް ބެލެވޭ އެބޯލާ ވައިރަހުގެ ސަބަބުން ހަށިގަނޑުން ލޭ ބޭރުވެ، ގުނަވަންތައް ފެއިލްވެ އެވެ.


ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ބައިގަރުނު ތެރޭގައި މި ބަލި ޖެހުނު މީހުންގެ ތެރެއިން މަރުވި މީހުންގެ ނިސްބަތް އުޅެނީ 25 ޕަސެންޓާއި 90 ޕަސެންޓާ  ދެމެދުގަ އެވެ.

މި ވައިރަސް ގައިންގަޔަށް އަރަނީ ހަށިގަނޑުން ބޭރުވާ ތެތްކަމުން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ލޭ އެހެން މީހެއްގެ ގަޔަށް ވާސިލްވެގެންނެވެ. ބަލީގެ އަލާމާތްތައް ފެންނަ މީހެއްގެ ގައިން ނޫނީ އެހެން މީހުންނަށް ބައްޔެއް ނާރާނެ އެވެ. ބަލި ޖެހުމަށް ފަހު ބަލީގެ އަލާމާތްތައް ފެންނަން 21 ދުވަސް ވެސް ނަގާފާނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު