ދުންފަތް މަނާ ކުރުމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯ އާއި ޔުނިސެފާ މަޝްވަރާ ކޮށްފި
އިސްމާއިލް ރިޒާ
08 އޭޕްރީލް 2025 - 12:47
0 comments
ދުންފަތުގެ ޖެނެރޭޝަން ބޭންއާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯއާ އެކު ހެލްތު މިނިސްޓްރީން މަޝްވަރާކުރަނީ.
ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަމުން ދުރުކުރަން "ޖެނަރޭޝަން ބޭން" އަކަށް ދިއުމާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާ އެކު މަޝްވަރާކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ވަކި އަހަރަކަށް ވުރެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާ ކުރުން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމަށް ސަމާލުކަން ދޭންޖެހޭ ކަންކަމާ ބެހޭ ގޮތުން އެ އިދާރާތަކުން ހެލްތު މިނިސްޓްރީއަށް ލަފާ އެރުވި ކަމަށެވެ. އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު، އަބްދުالله ނާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ.ވަކި އަހަރަކަށް ފަހު އުފަންވާ މީހުންނަށް ދުންފަތް މަނާ ކުރުމަށް ނިންމަވާފައިވާކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ މަހުގެ 27 ގައި ކުރިއަށް ލައިވް ކުރި 'ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގަ އެވެ. ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރު ކުރުވަން ޖެނެރޭޝަން ބޭން ގެންނަން ވިސްނަވާފައި އޮތީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަދި އޭގެ ފަހުން އުފަންވާ ކުދިން ސިނގިރޭޓު މަނާ ކުރާ ގޮތަށް ކަމަށެވެ.މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެެވެ. ވޭޕް ބޭނުންކުރާ ނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ގާނޫނުގައި ހިމަނާފައިވެ އެވެ.
ކިޔުންތެރިންގެ ޝުއޫރު