ޚަބަރު
ބޮޑު ކުރި ސިނގިރޭޓު ޑިއުޓީ ކުޑަ ކުރަން މަޖިލީހުގައި ބަހުސް ފަށައިފި
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ/ މަޖިލިސް
ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ފަށައިފި އެވެ.

މީގެ ކުރިން 3.50ރ.އަށް ނަގަމުން ދިޔަ ސިނގިރޭޓު ޑިއުޓީ 8ރ.އަށް ބޮޑުކުރީ ޑިސެމްބަރު 2024ގަ އެވެ. މި ސަރުކާރުން އެ ބަދަލު އޭރު ގެނައީ ވޭޕް މަނާކުރުމާ އެކު އޭގެ ބަދަލުގައި ސިނގިރޭޓު ބުއިމަށް މަގުފަހިވެދާނެތީ ކަމަށް ބުނެ އެވެ.

ސަރުކާރުން ސިނގިރޭޓުގެ ޓެކްސް ބޮޑު ކުރުމުން ވަގު ދުންފަތުގެ ބޮޑު ކަޅު ބާޒާރެއް އުފެދި، ފޭކު ސިނގިރޭޓު މުޅި ރާއްޖެއަށް އާންމުވި އެވެ. ކުރިން ސިނގިރޭޓު ވިއްކި އަގަށް ވުރެ މާ އަގުހެޔޮކޮށް ފޭކު ސިނގިރޭޓު މިހާރު ވެސް ލިބެ އެވެ. 

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ. މި ބިލްގެ ފުރަތަމަ ކިޔުން އިއްވީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

ސިނގިރޭޓާއި ބިޑި އަދި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުން ކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން މިހާރު އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި 50 ޕަސެންޓް ނަގަ އެވެ. މީގެ އިތުރުން ކޮންމެ ސިނގިރޭޓަކުން، ބިޑިއަކުން އަދި ހީޓަޑް ޓޮބޭކޯ އުފެއްދުމަކުން މިހާރު 8 ރުފިޔާ ޑިއުޓީގެ ގޮތުގައި ނަގަ އެވެ.

އިސްލާހުގައި ވަނީ މިހާރު ނަގާ 50 ޕަސެންޓްގެ އެޑްވެލޮރަމް ޑިއުޓީ 30 ޕަސެންޓަށް ކުޑަ ކުރުމާއެކު ޑިއުޓީގެ ގޮތުގައި ނަގާ 8 ރުފިޔާ 4 ރުފިޔާއަށް ކުޑަކުރަން ހިމަނާފަ އެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި މިފަދަ އެހެނިހެން ބާވަތްތަކުން ނަގާ ޑިއުޓީ ކަނޑާލުމަށް ހިމަނާފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު