ޚަބަރު
ސިނގިރޭޓް ޑިއުޓީ ކުޑަ ކުރަން ސަރުކާރުން މަޝްވަރާ ފަށަނީ
ސިނގިރޭޓު ޑިއުޓީ ކުޑަ ކުރުމަށް ވިސްނަމުންދާ ކަމަށާއި އެކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު، ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާނެ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

މިއަދު ހަވީރު ރައީސްގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އޭރު އަށް ރުފިޔާއަށް ސިނގިރޭޓް ބޮޑު ކުރީ ވޭޕް މަނާ ކުރުމާއި ގުޅިގެން ކަމަށާއި އޭރު ވޭޕް ބޭނުން ކުރަމުން އައި ގިނަ މީހުން ސިނގިރޭޓް ބޭނުން ކުރަން ފަށާފާނެ ކަމަށް ލިބިފައި އެ ދާއިރާގެ ތަޖުރިބާކާރުންގެ ލަފާއެކު ކުރެވުނު ކަމެއް ކަމަށެވެ.

"އެހެން ނަމަވެސް ޓޮބޭކޯ ކޮންޓްރޯލްގައި ދުންފަތުން މީހުން ދުރު ކުރުމުގެ އެ ޓޫލް އެއީ ދައުލަތްތަކުން ބޭނުން ކުރާ މި ޓެކްސް ރޭޓަކީ، އެއީ އަބަދުވެސް އެއިރެއްގައި އޮންނަ މިވަގުތު ހާލަތަށް ބަލާފައި ޓެކްސް ރޭޓަކީ އެޑްޖަސްޓް ކުރަމުން އަންނަ އެއްޗެއް. އެ ޓެކްސް ރޭޓް އެޑްޖަސްޓް ކުރަނީ އެ ދިރާސާ ކުރާ ފަރާތްތަކުން އެ ދެއްވާ ފަންނީ ލަފާގެ މަތިން،".

މިގޮތުން މިހާރު ލިބިފައިވާ ލަފައަކީ ޑަބްލިއުއެޗްއޯ ރެކޮމޮންޑޭޝަން ކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ، އެ ލަފާގައި އިނީ 2026ގައި އެ ބޭފުޅުންގެ ލަފައަކީ 4ރ. ކަމަށެވެ.

އިހުސާން ވިދާޅުވި ގޮތުގައި، މި ބަދަލުތައް ގެންނައިރު މާކެޓް ޑިމާންޑްއަށް އަންނަ ބަދަލުތައް އަދި މި ނިންމުންތަކުން ކުރާ އަސަރުތައް ހިސާބުކޮށް، ފަންނީ މާހިރުން ދޭ ލަފައަށް އަބަދު ވެސް ރިއާޔަތް ކުރާނެ އެވެ. އަދި ވަކިން ހާއްސަކޮށް ޑަބްލިއުއެޗްއޯ ފަދަ ބައިނަލްއަގުވާމީ ޖަމިއްުޔާތަކުން ދޭ ލަފާތަކަށް ބަލާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދުންފަތާ ދެކޮޅަށް ގައުމީ ކެމްޕެއިނެއް ފެށުމަށް ނިންމާފައިވާކަން ވެސް ވަޒީރުން ހާމަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު