ޚަބަރު
ގަދަ ވަޔާއެކު އައްޑޫ ހިތަދޫ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި
ރޭ ކުރި ވިއްސާރައިގައި ގަދަ ވަޔާއެކު  އައްޑޫ ހިތަދޫގައި ދެ ގެއެއްގެ ފުރާޅު އެއްލާލައުފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި، އައްޑުއަށް މިހާރު ކުރާ ވިއްސާރަގައި ގަދަ ވަޔާއެކު ފުރާޅު އެއްލާލީ، ހިތަދޫ ހުޅުދުއާގެއާއި އޯކަމްލިވާ ގޭގެއެވެ.

އެހެންވެ، އެ ސަރަހައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނި ނަމަވެސް އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ.

ހިތަދޫގެ ގެތަކެއްގެ ފުރާޅު އެއްލާލި ހާދިސާ އައްޑޫ ސިޓީ ކައުންސިލަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ރޭގެ ވިއްސާރައިގައި ފޭދޫގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ވެސް ސިފައިން ކޮށްފައިވެ އެވެ.

ކުރިއަށްއޮތް 24ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ބުނެފަ އެވެ. އަދި އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު