ޚަބަރު
"ބިޔޯން އަގެއިން" ޝޯއަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ނުބާއްވަން އަންގައިފި
މާދަމާ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއާގެ މަޝްހޫރު ބޭންޑު 'ބިޔޯން އަގެއިން'ގެ މިއުޒިކް ޝޯއަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، އެ ޝޯ ކުރިއަށް ނުގެންދެވޭނެ ކަމަށް ސަރުކާރުން އިވެންޓް އިންތިޒާމުކުރާ ފަރާތަށް އިއްޔެ އަންގައިފި އެވެ.

ޝޯއަށް ބޭނުންވާ ތައްޔާރީތައް ވަމުން ދަނިކޮށް، ސަރުކާރުން މި ޝޯ ކެންސަލްކުރަން އެންގީ އިއްޔެގެ ވަގުތެއްގަ އެވެ. މި ބޭންޑުގެ މެންބަރުން މިހާރު ރާއްޖެ އައިސްފައިވާއިރު، އެމީހުން ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓަކުންނެވެ.

ނަމަވެސް އެކަން ދޮގުކޮށް މިނިސްޓްރީން މިއަދު ބުނީ ސަރުކާރުން ޝޯ ކެންސަލްކުރި ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށާއި، އެދުނީ އެހެން ތަނަކަށް ބަދަލުކޮށްދޭން ކަމަށެވެ. އަދި އެކަމުގައި އެހީތެރިވެދޭނެކަމުގެ ޔަގީންކަން ވެސް ޝޯގެ އޮގަނަސިޒަރަށް ދިނިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޝޯ، ރާއްޖޭގައި މަނާކޮށްގެން ނުވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ހުރިހާ ދިވެހިންގެ ތަނަކަށް ވާއިރު، ޒުވާނުން އެދޭ ކަންކަން ކުރެވޭނެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު