ޚަބަރު
ސަރުކާރުން ނިއުސް އެޖެންސީއެއް އުފައްދަނީ
"ގައުމީ ނިއުސް އެޖެންސީ" އެއް އުފެއްދުމަށްޓަކައި، ޔޫތު މިނިސްޓްރީއާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަސްރީންއެވެ.

މިނިސްޓްރީގެ ވެބްސައިޓުގައި މިކަމާ ގުޅޭ ގޮތުން ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނި ގޮތުގައި، މި ނިއުސް އޭޖެންސީގެ ތެރެއިން މީޑިއާތަކަށް ބޭނުންވާ ހަބަރާއި މައުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ

"މި ހިދުމަތަކީ، ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ހަބަރާއި މައުލޫމާތު އަދި އެކަމަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ފަސޭހަކަމާ އެކު ލިބިގެންދާނެ ހިދުމަތެކެވެ،" މިނިސްޓްރީން ބުންޏެވެ. 

އެ މިނިސްޓްރީން ބުނި ގޮތުގައި ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިންނާއި، މައުލޫމާތު ލިބިގަތުމުގައި ހުރި ފަސޭހަތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހާރުވެސް ސަރުކާރުން ކުރާ މުހިންމު ކަންތައްތަކުގެ މައުލޫމާތާއި ޚަބަރު ފޯރުކޮށްދިނުމަށް 'ސަރުކާރު'ގެ ނަމުގައި ނޫހެއް ހިންގައެވެ. އެ ނޫހުގައި ސަރުކާރުގެ ކޮންމެ މިނިސްޓްރީއަކާ ގުޅޭ ޚަބަރުތައް ޝާއިއުކުރެއެވެ. އަދި ވަކިވަކި މިނިސްޓްރީތަކާއި އިދާރާތަކުގެ މީޑިއާ ގުރޫޕުތައް މެދުވެރިކޮށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ފޯރުކޮށްދެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު