ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޗައިނާއިން ކުޅިވަރު ސާމާނު ހަދިޔާކޮށްފި
ހުނައިދާ ޔާސިރު
09 ޖުލައި 2026 - 10:27
0
comments
Tweet
Telegram
ޗައިނާގެ ޔުނާން ޕްރޮވިންސުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު އިއްޔެ ހަދިޔާކޮށްފި އެވެ.
މި ތަކެތި ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ޔޫތު ހަބްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ.
މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރުގެ އިތުރުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޔުނާން ޕްރޮވިންސުން ހަދިޔާކުރި މި ސާމާނުތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮންނަ ފުޓްބޯޅަ، ބާސްކެޓްބޯޅަ އަދި ބެޑްމިންޓަން ރެކެޓް ފަދަ ކުޅިވަރުތަކަށް ބޭނުންވާ ސާމާނު ހިމެނެ އެވެ.
ޗައިނާ ސަފީރު ވިދާޅުވި ގޮތުގައި މި އެހީއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެކެވެ. އަދި މިއީ ފާއިތުވި އެއް އަހަރު ތެރޭގައި ޔުނާން ޕްރޮވިންސުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ދެވަނަ ފަހަރުކަންވެސް ސަފީރު ފާހަގަކުރެއްވި އެވެ.
މީގެ ކުރިންވެސް އެކި ފަހަރުމަތިން ޗައިނާ ސަރުކާރުން ވަނީ ކުޅިވަރުކުޅޭ އެކި ސާމާނު ދިވެހި ސަރުކާރަށް ހަދިޔާކުރައްވާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
ޗައިނާއިން ރާއްޖެއަށް ތެޔޮ އެކްސްޕޯޓްކުރަނީ
3 މަސް ކުރިން
0
ޗައިނާގެ އެހީގައި މާލޭގައި 500 ހައުސިން ޔުނިޓް އަޅަނީ
5 މަސް ކުރިން
0
ޗައިނާއަށް އާ އަހަރުގެ ތަހުނިޔާ ރައީސް އަރިސްކުރައްވައިފި
7 މަސް ކުރިން
0
ބީއެމްއެލް، ވީޗެޓް ޕޭ އަދި ރާއްޖޭގެ ޑިޖިޓަލް އިކޯ ސިސްޓަމް ވަރުގަދަ ކުރަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައިސަލް ޝައުގުވެރިކަން ފާޅުކޮށްފި
7 ގަޑިއިރު ކުރިން
0
ފަނޑިޔާރުންގެ ތެރޭގައި ކޮރަޕްޓް ފަނޑިޔާރުން ގިނަ: ޔާމީން
7 ގަޑިއިރު ކުރިން
0
ދިރާގު ވިން 2 ސްޕީޑްބޯޓްސް ޕްރޮމޯޝަންގެ ފަހު ނަސީބުވެރިޔާ ހޮވައިފި
9 ގަޑިއިރު ކުރިން
0
ޑޮލަރެއް ނެތް ނަމުގައި ޕެނަލް ޑިސްކަޝަނެއް ބާއްވަނީ
17 ގަޑިއިރު ކުރިން
0