
ބީއެމްއެލް އާއި ވޭސިން ޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެދުގައި ގާއިމްކުރި މި ސްޓްރެޓީޖިކް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޓޫރިޒަމް ފުޅާކުރަން މަސައްކަތްތަކެއް ކުރަން ވަނީ ހަމަޖެހިފަ އެވެ.އެގޮތުން ރާއްޖެ މާކެޓު ކުރުމާއި ޓޫރިސްޓުންގެ އެންގޭޖްމަންޓާއި ޑިޖިޓަލް ހަރަކާތްތައް އިތުރުކުރުމާއި، ޓޫރިޒަމް ކުރިއަރުވަން ގުޅިގެން މަސައްކަތްތަކެއް ކުރަން ވަނީ ނިންމައިފަ އެވެ. އަދި ހާއްސަކޮށް ޗައިނާގެ ޓޫރިސްޓުން ފައިސާގެ މުއާމަލާތްކުރުމުގައި ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް މަސައްކަތް ކުރަން ވަނީ ހަމަޖެހިފަ އެވެ.އޭގެ އިތުރުން، ދިވެހި އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފައިސާގެ މުއާމަލާތްތަކުގައި ބަޔޯމެޓްރިކްސް ފަދަ އިޖާދީ ގޮތްތައް ބޭނުންކޮށްގެން ލުއިފަސޭހަކަމާ އެކު ފައިސާ ދައްކަން ހުރި ފުރުސަތުތައް ބީއެމްއެލް އާއި ވޭސިން ޕޭ ގުޅިގެން އިތުރަށް މުރާޖައާ ކުރާނެ އެވެ.