ޚަބަރު
ލޭ ހަދިޔާ ކުރުމަކީ ޒިންމާއަކަށް ހަދަން ޖެހޭ: ރައީސް
ރައީސް، ތެލެސީމިއާ ސެންޓަރުން ފަރުވާ ހޯދާ މީހަކާ އެތަނަށް ވަޑައިގެން ބައްދަލުކުރައްވަނީ
ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ބަލި މީހާގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

އަދު ފާހަގަކުރާ ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅިގެން އާންމު ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ އަމިއްލަ އަށް އެދިގެން ލޭ ހަދިޔާކުރާ މީހުން އިންސާނިއްޔަތަށްޓަކައި އެ ކޮށްދޭ ހިދުމަތް ފާހަގަ ވެސް ކުރަން ޖެހޭ ޖެހޭ ކަމަށެވެ. އަދި އެފަދަ މީހުންގެ ސަބަބުން އެތައް ފުރާނަތަކެއް ސަލާމަތްކުރެވި އެ ފަރާތްތަކުގެ ދީލަތި އަމަލުގެ ސަބަބުން ދާއިމީކޮށް ލޭ އަޅަން ޖެހޭ މީހުންނާއި ކުއްލި ހާލަތުގައި ލޭ އަޅަން ޖެހޭ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ވަގުތުން ހޯދައިދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ލެޔަކީ ޓެކްނޮލޮޖީ އާއި ބޭސްވެރިކަމަށް އަންނަ ޒަމާނީ ބަދަލުތަކާއެކު ވެސް އޭގެ އިތުރު ގޮތެއް ނެތް ކޮންމެހެން ބޭނުންވާ މުހިންމު ވަސީލަތެއް ކަމަށެވެ. އެހެންވެ އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަކީ އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފަރުދީ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މީގެ ސަބަބުން ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށާއި ފުރިހަމަ ސިއްޙީ ފަރުވާ ފޯރުކޮށް ދިނުމަށް އެހީތެރިވާކަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ރަށްރަށް ވަކިވެފައިވާ ގައުމަކަށްވާއިރު އެފަދަ ޤައުމަކަށް ބޭނުންވާ ވަގުތު، ލޭ ލިބޭނެ އިންތިޒާމުތަށް ހަމަޖެހިފައި ހުރުމަކީ ސިއްޙީގޮތުން ދިމާވާ ކުއްލި ހާލަތްތަކުގައި މުހިންމު ކަމެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން އާންމު ހޭލުންތެރިކޮށް، އަމިއްލައަށް ލޭ ހަދިޔާ ކުރުމަށް ބާރުއެޅުމަށާއި މުޖުތަމައުގެ އެންމެންގެ ދުޅަހެޔޮ ސިއްހަތަކަށް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ދުނިޔޭގެ ޑޯނަރުންގެ ދުވަސް މިއަދު ފާހަގަކުރިއިރު ލޭގެ ދަތިކަން އިންތިހާއަށް ބޮޑުވެ ތެލެސީމިއާ ކުދިންގެ ފުރާނައަށް ނުރައްކާވެފައިވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެހެންވެ، މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން ދޭތެރެއަކުން އާންމުންގެ އެހީތެރިކަމަށް ވެސް އެދެ އެވެ. 

އެ ކުދިން ބުނާ ގޮތުގައި އެ މައްސަލަ ބޮޑުވެފައި ވަނީ އަބަދު އެއްބަޔަކު ލޭ ހަދިޔާކުރަންޖެހޭތީ އެވެ. އެހެންވެ، ސިއްހަތު ރަނގަޅުކޮށް ތިބޭ ނަމަ ލޭ ހަދިޔާކުރަން އެދިފައިވެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު