ޚަބަރު
ވަތަނީ ހިދުމަތުގެ ތަމްރީނަށް 352 ބައިވެރިން މާފިލާފުއްޓަށް ފުރައިފި
ދިވެހި ވަތަނީ ހިދުމަތުގެ ތިންވަނަ ބުރުގެ ކުދިން ތަމްރީނަށް ޅ. މާފިލާފުއްޓައް ފުރާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ވަތަނީ ހިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތިލި 1،785 ޒުވާނުންގެ ތެރެއިން ފުރަތަމަ 352 ބައިވެރިން ވަނީ ވަތަނީ ހިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް ޓްރެއިނިންގެ ތިން ވަނަ ބެޗުގެ ތަމްރީނަށް ފުރާފައިވާ ކަމަށެވެ. 

އެ ބެޗުގައި ރާއްޖޭގެ 20 އަތޮޅަކުން، 115 ރަށަކަށް ނިސްބަތްވާ 64 އަންހެން އަދި 288 ފިރިހެން ކުދިން ބައިވެރިވެ އެވެ. 


އެ ތަމްރީނުތައް ކުރިއަށް ގެންދާނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގަ އެވެ. 

ދިވެހި ވަތަނީ ހިދުމަތް އިފްތިތާހު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު އެވެ. މިޕްރޮގްރާމުގެ 2 ބެޗުގައި ޖުމްލަ 680 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުވެފަ އެވެ. މިޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ވަޒީފާގެ ފުރުސަތު ފަހިކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު