ވިޔަފާރި
އުރީދޫން މިނިވަން ދުވަހަށް ހާއްސަ އޮފާތަކެއް: ޑޭޓާ އަދި ހިލޭ ކޯލު
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ އުފަލުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުންނަށް ތަފާތު އޮފާތަކެއް އިއުލާނުކޮށްފިއެވެ.

'މިނިވަން-61' ޑޭޓާ ޕެކުން ފެށިގެން، ޑޭޓާ ޕެކް ހަދިޔާ ކުރުމާއި މިނިވަން ދުވަހު ވަކި ވަގުތެއްގައި ހިލޭ ކޯލާއި މެސެޖާ އެކު، މި މިނިވަން ދުވަހުގެ އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް އާއިލާ އާއި ރައްޓެހިންނާ އެކު ގުޅުން ބަދަހިކޮށް، ޝެއާކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށެވެ.

މިނިވަން ދުުވަހުގެ އޮފާތައް:

މިނިވަން-61 ޕެކް: 61ރ.އަށް 61 ޖީބީ ޑޭޓާ

މިނިވަން ދުވަހުގެ އުފާ ފާޅުކުރުންތަކުގެ ތެރޭގައި މެދުކެނޑުމެއްނެތި އިންޓަނެޓް ބޭނުންކުރުމަށް، 61ރ.އަށް 61 ޖީބީގެ ޑޭޓާ 24 ގަޑިއިރަށް ނެގޭނެ އެވެ.

މި އޮފާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓްކޮށްލެވޭނެ އެވެ.

މި އޮފާ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށެވެ.

މިނިވަން-61 ޕެކް ހަދިޔާކޮށްލާ

މިނިވަން ދުވަހުގެ ހަދިޔާއެެއްގެ ގޮތުގައި ގާތް ފަރާތްތަކަށް މިނިވަން-61 ޕެކް، 61ރ.އަށް 61 ޖީބީގެ ޑޭޓާ 24 ގަޑިއިރަށް ހަދިޔާކުރެވޭނެ އެވެ. 

މި އޮފާ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށެވެ.

މިނިވަން ދުވަހު އުރީދޫ ނަމްބަރުތަކަށް ހިލޭ ކޯލާއި އެސްއެމްއެސް

މިނިވަން ދުވަހުގެ އުފަލުގައި އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ޕްރީޕެއިޑް ކަސްޓަމަރުންނަށް މާދަމާ މެންދުރުފަހު 3 އިން ހަވީރު 4އަށް އުރީދޫ ނަންބަރުތަކަށް ހިލޭ ކޯލާއި އެސްއެމްއެސް ކުރެވޭނެ އެވެ. މިއީ ހަމައެކަނި ޕްރިޕެއިޑް ކަސްޓަމަރުންނަށް އެކަނި ބައިވެރިވެވޭ އޮފާ އެކެވެ.

އުރީދޫ އިން ބުނީ މިނިވަން ދުވަސް ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ޙިއްޞާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ހިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިފަދަ މުހިންމު މުނާސަބަތުތަކުގައި ޚާއްސަ އޮފާތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

އުރީދޫ އިން ބުނީ ކަސްޓަމަރުންނަށް ސީދާ އުރީދޫ އެޕް މެދުވެރިކޮށް މި އޮފާތައް އެކްޓިވޭޓްކޮށްލެވޭނެ ކަމަށެވެ. 



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު