ޚަބަރު
އުރީދޫ މަސް ރޭސް؛ ޗެމްޕިއަންކަން އެންޒީއިން ހޯދައިފި
އުރީދޫ މޯލްޑިވްސް މަސްރޭހުގެ ޗެމްޕިއަން ޓީމް، ޓީމް އެންޒީ --- ފޮޓޯ: އުރީދޫ
ޖުމްލަ 14 ޓީމާއެކު ކ. މާފުށީގައި އިއްޔެ ބޭއްވި އުރީދޫ މޯލްޑިވްސް މަސްރޭހުގެ ވަނަ ތައް ހޮވާ އިނާމު ދީފި އެވެ.  

އުރީދޫ މަސްރޭހަކީ ދިވެހިންގެ މަސްވެރިކަމުގެ ހުނަރާއި ޒަމާނުއްސުރެ މަސްވެރިކަމަށް އޮންނަ ލޯބި ދެމެހެއްޓުމަށް ބާއްވާ ހަރަކާތެކެވެ. މިއީ އަބަދު ވެސް ވަރަށް ފޯރިއާ އެކު ރާއްޖޭގެ އެކި ހިސާބުތަކުން ބައިވެރިވަމުން އަންނަ އިޖުތިމާއީ ހަރަކާތެކެވެ. 

  • އުރީދޫ މޯލްޑިވްސް މަސްރޭހުގެ ޗެމްޕިއަންކަން - ޓީމް އެންޒީ
  • އުރީދޫ މޯލްޑިވްސް މަސްރޭހުގެ ދެ ވަނަ - ޓީމް ސްޓެލްކޯ
  • އުރީދޫ މޯލްޑިވްސް މަސްރޭހުގެ 'ބެސްޓް ފިޝަމެން' - ސްޓެލްކޯ ޓީމުގެ އިޝްހާގް މުހައްމަދު
  • އުރީދޫ މޯލްޑިވްސް މަސްރޭހުގެ 'ބެސްޓް ފިޝަވުމަން' - 'ޓީމް ސީ ޕީލް'ގެ ޝަހީދާ މުހައްމަދު
އެންމެ ބަރު މަސް ބޭނި މަސްވެރިޔާއަށާއި އެންމެ މޮޅު ފިރިހެން އަދި އަންހެން މަސްވެރިޔާއަށް ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 1000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

މި މުބާރާތުގެ އެއްވަނަ ޓީމަށް އުރީދޫގެ ފަރާތުން 25،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައިވާއިރު ދެވަނައަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެ އެވެ. އަދި ތިންވަނައަށް ދިޔަ ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު އުރީދޫއިން ވަނީ ހަދިޔާކޮށްފަ އެވެ.

މި މުބާރާތުގައި ސަރުކާރުގެ މުއައްސަސާތަކާއި، ޕްރައިވެޓް ކުންފުނިތަކުގެ އިތުރުން އަމިއްލަ ޓީމުތަކުންވެސް ވަނީ ބައިވެރިވެފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު