ކުޅިވަރު
ވޯލްޑް ކަޕްގައި ސްޕެއިނުން ހޯދި ކާމިޔާބީއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ސްޕެއިނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހުގެ ރޭ ބޭއްވި ފައިނަލްގައި ސްޕެއިނުން ވޯލްޑް ކަޕްގެ ތަށި އުފުލާލީ 2022 ވަނަ އަހަރުގެ ޗެމްޕިއަން އާޖެންޓީނާއާ ވާދަކޮށް 1-0ގެ ނަތީޖާ އަކުންނެވެ. 

ސްޕެއިނުން ދެވަނަ ފަހަރަށް ހޯދުމާ ގުޅިގެން ރައީސް ވަނީ އެ ގައުމުގެ ރަސްގެފާނު ފެލިޕޭ  އަދި ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއަށް ވަކިވަކިން މެސެޖު ފޮނުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. 

އެ މެސެޖުގައި ރައީސް ވިދާޅުވީ ސްޕެއިންގެ ކާމިޔާބީން އެ ގައުމުގެ ފުޓްބޯޅަ ހުނަރާއި ޓީމުގެ މަސައްކަތާއި މޮޅުކަން ދައްކުވައިދޭ ކަމަށެވެ. ސްޕެއިންގެ ޓީމަކީ ދިވެހިންގެ މެދުގައި ވެސް މަގޫބުލުކަން ލިބިފައިވާ ޓީމެއް ކަން ރައީސް ފާހަަގަކުރެއްވި އެވެ. 

ރައީސް މުއިއްޒުގެ މެސެޖުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ބައިވެރިންގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުން އަންނަ އެހީތެރިކަން ވެސް ފާހަގަ ކުރެއްވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު