ޚަބަރު
މިނިވަންކަމަށްޓަކައި ގައުމީ ލޯބި އިސްކުރަން ޖެހޭ: ރައީސް
‏މިނިވަންކަން ދެމެހެއްޓުމަށްޓަކައި ގައުމީ ލޯބި އިސްކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިިއަދު ރާއްޖޭގައި ފާހަގަކުރާ 61 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ޕޯސްޓުގައި ރައީސް ވަނީ ރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ގުރުބާންވި ބަތަލުންނަށް ހެޔޮދުއާ ރައްދުކުރައްވައިފައެވެ.

"މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ގައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ގާބިލުކަން އިތުރުކުރުމަށާއި، އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމަށާއި، މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުން،" ރައީސް ވިދާޅުވި އެެވެ. "‏އެހެންކަމުން މިނިވަން ދުވަހުގެ މުނާސަބަތުގައި މި ސިފަތަކުން ސިފަ ލިބިގަނެ މިނިވަންކަމާ އެކު ގައުމާއިގެން ކުރިއަށް ދިއުމަށް އިލްތިމާސް ކުރަން. ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން." ރައީސް ވިދާޅުވި  އެވެ.

މިނިވަން ދުވަސް ފާހަގަކުރަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެކު ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ޤަބޫލުކުރި މުނާސަބާ ފާހަގަކުރުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު