ޚަބަރު
ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު އަދި ސައޫދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރު މަންސޫރު ބިން މުތްޢިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު ރޭ ރާއްޖެ ވަޑައިގަންނަވައިފި އެވެ.

މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ފަރާތްޕުޅުން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޕްރިންސް ޑރ. މަންސޫރަށް މަރުޙަބާ ވިދާޅުވީ، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރެވެ. އަދި ޕްރިންސް ޑރ. މަންސޫރުގެ ޝަރަފުގައި އެމްއެންޑީއެފް އިން ވަނީ ޝަރަފުގެ ގާޑެއް އަރުވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު