
އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގަތީ މި މަހުގެ 6 ވަނަ ދުވަހު އެވެ.އެނބުރި ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.މީގެ ކުރިން ވެސް ރައީސްގެ ދެކަނބަލުން ވަނީ ސައުދީ ސަރުކާރުގެ ދައުވަތަކަށް އުމްރާއަށް ވަޑައިގެންފަ އެވެ. އެ ފަހަރު ވެސް އެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގަތް ސަރުކާރުގެ ވަފުދުން އުމްރާއަށް ވަޑައިގަތީ ސައުދީ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާބޯޓެއްގަ އެވެ.