
ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހެވެ. މި ހަރަކާތުގައި ދެ ހާހަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ލަފާކުރެ އެވެ.މި ދުވުން ކުރިއަށްދާނީ ޖުމްލަ އަށް ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ ފަން ރަން ހިމެނެއެވެ.މީގެ އިތުރުން ފަސް ކިލޯމީޓަރުގެ ވީލްޗެއަ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްވެސް މި ހަރަކާތުގެ ތެރޭގައި ކުރިއަށްދާނެއެވެ.ދުވުމުގެ ހަރަކާތުގެ އިތުރުން، އައިރަނާސްއިން އިންތިޒާމުކޮށްގެން ތިން ދުވަހުގެ އެކްސްޕޯއެއް ހުޅުމާލޭ ދުވާ ޓްރެކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި އެކްސްޕޯ ކުރިއަށްދާނީ އަންނަ މަހުގެ 11 އިން 13 އަށެވެ.އެމްއެޗްއެމް26 އަށް ރަޖިސްޓާކޮށްގެން ލިބޭ ފައިސާގެ ތެރެއިން ބައެއް ޕްރޮޓެކްޓް ރީފް ކެމްޕޭންގެ ދަށުން މި އަހަރު އެ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ސޭވް ދަ ބީޗް އަށް ހަދިޔާކުރާނެ އެވެ.އިތުރު މައުލޫމާތު: https://irunnersevents.com/events/maldiveshalfmarathon